ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14 /1/2015/24
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 12:11
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޖިއޯ ޓެކްސްޓައިލް/ޖިއޯ ފެބްރިކްސް ކޮތަޅާއި ގޯނި ފަދަ ތަކެތީގެ ކްލެސިފިކޭޝަން އަދި ޑިއުޓީ ރޭޓާބެހޭ

ޖިއޯ ޓެކްސްޓައިލް/ ޖިއޯ ފެބްރިކްސް ކޮތަޅާއި ގޯނި ފަދަ ތަކެތީގެ ކްލެސިފިކޭޝަން އަދި ޑިއުޓީ ރޭޓާބެހޭ

ދިވެހިރާއްޖެއަށް އިމްޕޯޓް ކުރެވޭ ޖިއޯ ޓެކްސްޓައިލް/ ޖިއޯ ފެބްރިކް ކޮތަޅާއި އަދި ގޯންޏަކީ ޢާންމުގޮތެއްގައި ޕޮލިޕްރޮޕައިލީން ފަދަ ޕްލާސްޓިކް ފައިބަރ ބޭނުންކޮށްގެން އުފައްދާފައި ހުންނަ އެއްޗެކެވެ. މިފަދަ ތަކެތި ޑަބްލިއު.ސީ.އޯ ގެ ހާމަނައިޒްޑް ސިސްޓަމްގެ ދަށުން ކްލެސިފައިކުރެވެނީ ޗެޕްޓަރ 63 އަށެވެ. އެހެންކަމުން، ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ތާވަލުގެ ޗެޕްޓަރ 63 ގެ ދަށުން މިފަދަ މުދަލަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ނެގޭނީ ކަމުގައި ދެންނެވީމެވެ.

ވީމާ، މިބާވަތުގެ މުދަލުގެ ކަސްޓަމްސް ޑިކްލަރޭޝަން ފުރިހަމަ ކުރުމުގައި މަތީގައި ބަޔާން ކުރެވުނު ގޮތުގެ މަތީން ޢަމަލުކުރަމުން ގެންދިޔުމަށާއި، މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް އޮޅުންއަރަމުންދާތީ، އެފަރާތްތަކަށް މިކަން ސާފުކޮށްދިނުމުގެ ގޮތުން ދެންނެވީމެވެ.

01 ރަޖަބު 1436   

20 އޭޕްރިލް 2015