ނީލަން
ނަންބަރު: (IUL)MHCL-P/1/2024/30
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 22:40
ސުންގަޑި: 28 އޭޕްރިލް 2024 13:30
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގައި ހުރި ބައެއް ތަކެތި ނީލަން ކިޔުމާބެހޭ

މިކުންފުނީގައި ހުރި ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް މިކޯޕަރޭޝަންގެ ފަރާތުން 24 އޭޕްރީލް 2024 ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެކަށީގެންވާ ފަދަ ތަރުހީބެއް ލިބިފައިނުވާތީ، ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު އަލުން ހުޅުވާލަމެވެ.

 

ނީލަން ކިޔުން ކުރިއަށްދާނީ 28 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ އެއްގަޑި ތިރީސް މިނެޓު (13:30) ގައި މިކުންފުނީގެ އޮފީހު (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގައެވެ.

 

ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ނީލަމުގައި ބައިވެރިވުމަށް ޙާޟިރުވާއިރު، އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއެއް ގެންނަވަންވާނެއެވެ.

 

ނީލަން ކިޔުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ޙާޟިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

25 އޭޕްރިލް 2024