ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2024/090
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 17:18
ސުންގަޑި: 05 މޭ 2024 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް މެނޭޖަރ - އެޗް.އާރ ޑިޕަޓްމަންޓް

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

އެސިސްޓަންޓް މެނޭޖަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ހިއުމަން ރިސޯސް ޑިޕާޓްމެންޓް /މިފްކޯ ހެޑް އޮފީސް

ޖުމްލަ މުސާރަ

ލިބިފައިވާ ތައުލީމް އަދި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  •  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މަގާމާގުޅޭ ދާއިރާއަކުން ދަަަަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ

   ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަދުވެގެން ތިންއަހަރު ދުވަހުގެ މަގާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • އަލަށް ވަންނަ މުވައްޒަފުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ރާވައި ހިންގުމުގައި މެނޭޖަރ އަށް އެހީތެރިވެދިނުން
  • އަލަށްވައްދާ މުވައްޒަފުންގެ މައުލޫމާތާއި ވަކިވާ މުވައްޒަފުންގެ މައުލޫމާތު އެޗް އާރު ސިސްޓަމަށް އެންޓަރ ކުރުން.
  • މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އަދި ވަޒީފާ ބަޔާން ތައްޔާރުކޮށް މުވައްޒަފުން ލައްވައި ސޮއިކޮށް ފައިލް ކުރުން.
  • ސެކްޝަންނުން ފޮނުވަންޖެހޭ ސިޓީ މެމޯފަދަ ތަކެތި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ބިދޭސީ މުވައްޒަފުންގެ ވިސާ، އިންޝުއަރެންސް އަދި ޕާސްޕޯޓް އާއި ގުޅޭ ހުރިހާ މަސައްކަތެއް ކުރުން.
  • މުވައްޒަފުންގެ މުސާރަދިނުމަށް ކުރަންޖެހޭ މަސްއްކަތްކުރުން.
  • މުވައްޒަފުންގެ އެޕްރެއިޒަލްގެ ކަންތައްތައް ބެލެހެއްޓުން.
  • މުވައްޒަފުންގެ ރެކޯޑް ފައިލްތައް އަޕްޑޭޓްކޮށް ރައކާތެރިކަމާއެކު ބެލެހެއްޓުން.
  • މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން.
  • މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ހާސިލް ކުރުމަށް ޑިޕާޓްމަންޓްގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން.
  • އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 05 މެއި 2024 ވަނަ ދުވަހު 14:00 ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

25 އޭޕްރިލް 2024