ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2024/ 23
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 07 މޭ 2024 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ލީގަލް އޮފިސަރ

         ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

 ލީގަލް އޮފިސަރ

ރޭންކް:

 MS2/B

ކްލެސިފިކޭޝަން

 ސީނިއަރ އޮފިސަރ

ސެކްޝަން/ޑިޕާޓްމަންޓް

 ކޮމިޓީސް އެންޑް ރިސަރޗް ސެކްޝަން- ލެޖިސްލޭޓިވް އެފެއާޒް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

 2

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޤާނޫނީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އެ މުވައްޒަފަކާ ޙަވާލުކުރެވިފައިވާ ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްކުރުން.
  • ކޮމިޓީތަކުން ދިރާސާކުރާ ބިލާ ގުޅޭގޮތުން މަޖިލީހުގައި މެންބަރުން ފާޅުކޮށްފައިވާ ޚިޔާލުތަކުގެ ތެރެއިން އެ ބިލަކާ ގުޅޭގޮތުން ފާޅުކުރެވޭ ޚިޔާލުތައް މަޢުލޫމާތު ކަރުދާހުގެ ގޮތުގައި ތައްޔާރުކޮށް އެ ކަރުދާސް ކޮމިޓީއަށް ގެންދިއުން.
  • ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު އެކޮމިޓީއެއްގެ ބައްދަލުވުމެއް އޮންނާނެވާހަކަ މެންބަރުންނަށް؛ އެސް.އެމް.އެސުން ދެންނެވުން އަދި އެކޮމިޓީގެ ބައްދަލުވުމަށް މެންބަރުން ވަޑައިގަންނަވާތޯ ބެލުމަށް ފޯނުން ގުޅުން.
  • ބިލު ނުވަތަ މައްސަލައަކާ ގުޅޭގޮތުން ކޮމިޓީގެ ބައްދަލުވުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުން.
  • މަޖިލީހުގެ ޖަލްސާއަށް ބޭނުންވާ ލިޔެކިޔުންތައް ޑްރާފްޓްކުރުން.
  • ކޮމިޓީގެ ބައްދަލުވުމުގައި އިދާރީގޮތުން އެހީތެރިވުން.
  • ކޮމިޓީގެ ބައްދަލުވުން ނިމުމުން އެބައްދަލުވުމެއްގެ ޚުލާޞާ ތައްޔާރުކުރުން.
  • ކޮމިޓީގެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ކެންސަލްވެއްޖެނަމަ އެވާހަކަ އެސް.އެމް.އެސުން ނުވަތަ ފޯނުން ގުޅައިގެން މެންބަރުންނަށް ދެންނެވުން.
  • މަޖިލީހުގެ ކޮމިޓީތަކަށް ބޭނުންވާ އެކިއެކި ފަންނީ މަސައްކަތްކުރުން.
  • މަޖިލީހުގެ ކޮމިޓީތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެކިއެކި މަސައްކަތް ރާވައި، ހިންގައި ވިލަރެސްކުރުން.
  • ކޮމިޓީން ބިލެއް، މައްސަލައެއް ނުވަތަ ޤަރާރެއް ދިރާސާކޮށް ފުރިހަމަކުރެއްވުމުން، އެބިލަކާ ނުވަތަ އެމައްސަލައެއް ނުވަތަ ޤަރާރަކާގުޅޭގޮތުން މަޖިލީހަށް ހުށަހެޅޭ ރިޕޯޓާއެކު ފޮނުވުމަށްޓަކައި އެބިލެއް ދިރާސާކުރެއްވި ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.
  • ކޮމިޓީން ދިރާސާކޮށް ފުރިހަމަކުރެއްވި ބިލާއި މައްސަލަ އަދި ޤާރާރު، އަދި އެ ބިލު، މައްސަލަ ނުވަތަ ޤަރާރު ނިންމެވިގޮތުގެ ރިޕޯޓާއި، ދިރާސާކުރެއްވި ކޮމިޓީގެ ބައްދަލުވުންތަކުގެ ހާޒިރީ ރިޕޯޓު އަދި އިޞްލާޙުކުރެއްވިގޮތުގެ ތާވަލު މަޖިލީހަށް ހުށަހެޅުމަށްޓަކައި ޓޭބަލް އޮފީހާ ހަވާލުކުރުން.
  • ކޮމިޓީތަކުގެ ލިޔެކިޔުންތައް ފައިލް ކުރުން.
  • ކޮމިޓީތަކާ ގުޅޭގޮތުން އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތައް ތައްޔާރުކުރުން.
  • ސެކްޝަންގެ ޔައުމިއްޔާ ތައްޔާރުކުރުން.
  • ކޮންމެ ދުވަހެއްގައިވެސް ކުރީ ދުވަހު ސެކްޝަނަށް ލިބުނު ސިޓީ ތަކުގެ މަޢުލޫމާތު ސެކްޝަން ހެޑަށް  ގެންގޮސްދިނުން.

އުޖޫރަ:

- މަހަކު 10,750 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

 25 އޭޕްރީލް 2024 އިން 7 މޭ 2024 ގެ ނިޔަލަށް

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:  

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓް ތަކުގެ ކޮޕީ

    

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

25 އޭޕްރިލް 2024