ދިވެހިރާއްޖެ
މިރަށުގައި ކުނިމެނޭޖުކުރުމުގެ މަސައްކަތްކުރުމަށް ޑަސްބިން ގަންނަން ބޭނުންވެއެވެ. ވީމާ،މިއިޢުލާނުގައި ބަޔާންކުރެވިފައިވާ މައުލޫމާތާއި އެއްގޮތަށް މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަން ބިޑްހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ބޭނުންވާތަކެތީގެ މައުލޫމާތު:
- 120 ލިޓަރ 85 ޑަސްބިން (ރަތްކުލަ)
 - 120 ލިޓަރ 85 ޑަސްބިން (ނޫކުލަ)
 - ބްރޭންޑް:XDPC
 - މޮޑެލް: XDL-120A-9
 
މިމަސައްކަތުގެ ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ބިޑް ހުށަހަޅާ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ،ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 02 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރެއިން ގަޑިއަށް ހުށަހަޅާފައިނުވާ ބިޑްތަކާއި މައުލޫމާތު ފުރިހަމަ ނުވާ ބިޑްތައް ބާޠިލް ކުރެވޭނެއެވެ. މި ބީލަމަށް ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއާއި ތާރީހް ތިރީގައިވާ ތާވަލްގައި ބަޔާންކުރެވިފައިވާނެއެވެ.
| 
 
  | 
 ތަން  | 
 ތާރީޙް  | 
 ދުވަސް  | 
 ގަޑި  | 
| 
 ބިޑް ހުށަހެޅުން  | 
 ތ.ވަންދޫ ކައުންސިލް އިދާރާ  | 
 06 މެއި 2024  | 
 ހޯމަ  | 
 10:30  | 
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރ 7980047 ނުވަތަ 6780041 ފޯނާގުޅުއްވުންއެދެމެވެ.
ވީމާ,މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.