ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 198-F/2015/31
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 05 މޭ 2015 11:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ފަރުނީޗަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ފަރުނީޗަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް ތިރީގައި މިދަންނަވާ ފަރުނީޗަރ ގަންނަން ބޭނުންވެއްޖެއެވެ.

150 ބެންކުއެޓް ޗެއަރ

40 ބެންޗް ޗެއަރ

20 އޮފީސް މޭޒު

20 އެގްޒެކްޓިވް ޓޭބަލް

30 ފައިލް ބަހައްޓާ ހަރު (ސްޓޮކް ކަބަޑު)

20 ފައިލިން ކެބިނެޓް

55 ސެކްރެޓަރީ ޗެއަރ

80 އެގްޒެކްޓިވް ޗެއަރ

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 މޭ 2015 ވަނަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 މޭ 2015 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ރަޖަބު 1436

23 އޭޕްރިލް 2015