ތަމްރީނު
ނަންބަރު: (IUL)475-Schol/475/2024/50
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 02 ޖޫން 2024 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކިޔުބާ ސްކޮލަރޝިޕް 2024 (2ވަނަ ޢިއުލާން)

ކިޔުބާ ސްކޮލަރޝިޕް 2024 (2ވަނަ ޢިއުލާން)

މިއީ މި މިނިސްޓްރީގެ ނަންބަރު: IUL)475-Schol/475/2023/219) (26 ނޮވެންބަރު 2023) އިޢުލާނާގުޅިގެން ޝަރުތު ހަމަވާ ފަރާތެއްގެ އެޕްލިކޭޝަނެއް ލިބިފައި ނުވާތީއާއި، އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފައިވާތީ ކުރި އިޢުލާނެކެވެ.

ކޯހުގެ ޢަދަދު: 1 ފުރުޞަތު

އެމް.ބީ.ބީ.އެސް

ކޯހުގެ ދާއިރާ:

ކިޔަވައިދޭ ބަސް: ސްޕެނިޝް ބަސް

ބެޗްލަރސް ޑިގްރީ 

ކޯހުގެ ލެވެލް:

ޤައުމު: ކިއުބާ  

ލެޓިން އެމެރިކަން ޔުނިވަރސިޓީ އޮފް މެޑިސިން (އީ.އެލް.އޭ.އެމް)

ޔުނިވަރސިޓީ:

1.ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ ބަޔޮލޮޖީ، ކެމިސްޓަރީ އަދި ފިޒިކްސް ހިމެނޭގޮތަށް 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން. 

2.ޖީ.ސީ.އީ އޭލެވެލް މާއްދާތަކުގެ ތެރެއިން ބަޔޮލޮޖީ، ކެމިސްޓްރީ އަދި ފިޒިކްސް ނުވަތަ ހިސާބު ހިމެނޭގޮތަށް 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން.

3.2 ޖޫން 2024 އަށް އުމުރުން 25 އަހަރުވެފައިނުވުން.  

4.ބަލިވެއިން ފަރާތެއްކަމުގައި ނުވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2.އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ    ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.

1.ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3.މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.  

4.ހާސިލްކޮށްފައިވާ އެންމެ މަތީސެޓްފިކެޓް ހާސިލްކުރިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް. (ރަސްމީ ލިޔުމެއް ލިބެންނެތްނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް)

5.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން، މި ސްކޮލަރޝިޕްގައި ދިޔުމަށް ދޫކުރާނެކަމުގެ ލިޔުން.

6.ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

7.މިމިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކުރިން ނެގި ލޯނެއް ޑީފޯލްޓެއް       ނެތި  ގަވާއިދުން ދައްކަމުންދާ ފަރާތެއް، މި ސްކޮލަރޝިޕަށް އެދޭނަމަ، ސްކޮލަރޝިޕްގައި ހުންނަ މުއްދަތުގައި، އެ     ލޯނު ދައްކަމުން ގެންދާނެކަމުގެ ލިޔުމެއް، ނުވަތަ ސްކޮލަރޝިޕްގެ މުއްދަތަށް ލޯނުދެއްކުން ފަސްކޮށްދިނުމަށް އެދޭ      ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

-މި ސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓު ކިޔުބާއަށްދާން ފުރަން ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

-ކޯސް ފެށުމުގެ ކުރިން ސްޕެނިޝް ބަސް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

-މި ސްކޮލަރޝިޕްގައި ކިޔެވުމަށް ޕްލޭސްމަންޓް ދިނުމާއި، ފައިނަލް ސިލެކްޝަން ހަދާނީ ކިޔުބާ ސަރުކާރުންނެވެ.

-މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމަށްފަހު އެދޭ ކޯސް ނުވަތަ ޔުނިވަރސިޓީ/ކޮލެޖް ބަދަލެއް ނުކުރެވޭނެއެވެ.

-މި ސްކޮލަރޝިޕްގައި ކިޔެވުމަށް ކިޔުބާއަށް ދިޔުމާއި، ނިމުމުން އެންބުރި އައުމަށް ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީންނެވެ. އެހެނިހެން ޚަރަދުތަކަށް ކަނޑައެޅިފައިވާ މިންވަރުތަކަކަށް ފައިސާ ދެއްވުމަށް ހަމަޖެހިފައިވަނީ ކިޔުބާ ސަރުކާރުންނެވެ.

-މި ސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓު މި މިނިސްޓްރީން އެންގުމުން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް/ތަކެތި   11 ޖޫން 2024 ގެ 13:00 ކުރިން މި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.  

* ޕާސްޕޯޓް ޑޭޓާ ޕޭޖް ކޮޕީ    

* ޕޮލިސް ރިޕޯޓް

* މެޑިކަލް ސެޓްފިކެޓް (އެޗް.އައި.ވީ ވައިރަސް ނެތްކަން އަދި ބަލިވެއިނީ ނޫން ކަން އަންގައިދޭ ޓެސްޓް ހިމެނޭގޮތަށް)

* އައި.ޑީ.ކާޑް ސައިޒްގެ 10 ކުލަ ފޮޓޯ  

* އުފަންދުވަހުގެ ސެޓްފިކެޓް (ސްޕެނިޝް ބަހަށް ތަރުޖަމާކޮށްފައި)

*ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ.

*އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

ސުންގަޑި: 2 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން 

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026942 / 3026947 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

25 އޭޕްރިލް 2024