ނީލަން
ނަންބަރު: (IUL)384/384/2024/13
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 02 މޭ 2024 10:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
10 ރުއް ނީލަންކިޔުން (1ވަނަ އިޢުލާން)

10 ރުއް ނީލަންކިޔުން (1 ވަނަ އިޢުލާން)

                   ތިރީގައިމިވާ ރުއްތަކަކަކީ އެސަރަޙައްދުގައި ހުރި ގެތަކަށް ދަތިވާގޮތަށްހުރި ރުއްތަކެއް ކަމަށްވަތީ ރުއްތައް ކެނޑުމަށް ޓަކައި ވެރިންނަށް ބަދަލު ދިނުމަށް އެތައް ފަހަރެއްގެ މަތިން ވެރިން ހޯދަން އިޢުލާން ކުރެވިފައިވާ ރުއްތަކެކެވެ. ނަމަވެސް ބައެއް ރުއްތަކުގެ ވެރިން މި އަދާހަމައަށްވެސް އެނގިފައިނުވާތީ ބަދަލު ނުދެވި ހުރުމުގެ ސަބަބުން ރުއްތައް  ކެނޑޭގޮތްވަނީ ނުވެފައެވެ. އެ ރުއްތަކުން ގެތަކަށް ގެއްލުން ތަކެއް ލިބެމުންދާކަމުގެ ޝަކުވާތައް ކޮންމެ ދުވަހަކުހެން މި އިދާރާއަށް ދަނީ ލިބެމުންނެވެ. އެހެންކަމުން ރުއްތައް ނީލަން ކިޔުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ނީލަމުން ނަގާ ރުކަށް 3 ދުވަސް ތެރޭގައި ފައިސާ ދެއްކުމަށްފަހު 10 ދުވަސްތެރޭގައި ރުއް ކަނޑައި ތަން ސާފުކުރަންވާނެއެވެ.

                   މި ރުއްތައް ނީލަން ކިޔުން އޮންނާނީ 02 މެއި 2024 ވާ ބުރާސްފަތި ދުވަހު 10:00 ގައި ރުއްތައް ހުރި ސަރަޙައްދުގައެވެ. ފާހަގަ ޖަހާފައިވާ ރުއްތަކުގެ ވެރިން މި މުއްދަތުގެ ކުރިން އެމަޢުލޫމާތު މި އިދާރާއަށް ހިއްސާ ކޮށްދެއްވައި ބަދަލުގެ ފައިސާ ކަންކަން ހަމަޖެއްސެވުމަށް އަންގަމެވެ.

 

ރުއްތައް ހުރި ސަރަޙައްދު

ނަންބަރު ޖަހާފައިވާ ދަވާދުގެ ކުލަ އަދި ނަންބަރު

  • ސޯސަންގޭ ގޯއްޗާއި ގުލްޝަންކިނާރާ ގޯއްޗާއި ދެމެދު ހުޅަންގުފަރާތު ރުއްގަނޑުތެރެ

އޮރެންޖުކުލައިގެ 8,9,10,11,12,13,14,15,16,17 

                  

                 މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

24 އޭޕްރިލް 2024