ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/1/2015/138
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 05 މޭ 2015 12:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޭލެވެލް 07 ފޮތެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އޭލެވެލް 07 ފޮތެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ސްކޫލްތަކަށް ބޭނުންވާ އޭލެވެލް 07  ފޮތެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2015/136) އިޢުލާނާ ހަވަލާދީ ދަންނަވަމެވެ. އިޢުލާނުގައިވާ މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

05 މޭ 2015 (އަންގާރަ) ދުވަހުގެ 12:00 އަށް

10 މޭ 2015 (އާދީއްތަ) ދުވަހުގެ 12:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403 ނަންބަރު ފޯނާއެވެ.

07 ރަޖަބު 1436

26 އޭޕްރިލް 2015