ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2023/146
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 17:11
ސުންގަޑި: 30 އޭޕްރިލް 2024 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

               (IUL)PSM-HR/PSM/2023/146

ވަޒީފާގެ ފުރުޞަތު

 

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް

L8 – E4

ބޭނުންވާ ޢަދަދު:

02

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ކޯޕަރޭޓް ސަރވިސް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު

އަސާސީ މުސާރަ

-/7،000 ރުފިޔާ

ސަރވިސް އެލަވަންސް

-/3،000 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުމާއި އެކު މަސައްކަތާ ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތް ކޮށްފައިވުން؛ ނުވަތަ
  • ސާނަވީ އިމްތިހާނުން މަދުވެގެން 4 މާއްދާއިން "ސީ' ފާސް ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް މީހަކު ހޮވުމުގައި އިދާރީ މަސައްކަތާ ގުޅުންހުރި މަތީ ތަޢުލީމު ހާސިލުކޮށްފައިވާ މިންވަރަށާއި ތަޖްރިބާއަށް އަދި މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ ޖެނެރަލް އެޑްމިންގެ މަސައްކަތްތައް އަމަލީ ގޮތުން ކުރުން؛
  • ކޯޕަރޭޓް ސާރވިސް ޑިޕާޓްމެންޓްގެ ފަރާތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް، މެމޯތަކާއި، ލިޔުންތައް، އެކުލަވައިލުމާއި އިސް މުވައްޒަފަކު ޗެކްކުރުމުން އެޕްރޫވްކޮށް ސޮއި ކުރުވައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން؛
  • ކުންފުންޏަށް ލިބޭ ސިޓީ ތަކާއި އެހެން ޑޮކިއުމެންޓްތައް ފައިލްކޮށް ރައްކާތެރިކަމާއި އެކު ބެލެހެއްޓުމާއި ބޭނުންކުރަންޖެހޭ ފަރާތްތަކަށް، ސްޕަވައިޒަރގެ ލަފާއާއެކު ލިބިދިނުން؛
  • ކުންފުނިން ބަލަހައްޓަންޖެހޭ ޑާޓާތަކާއި ރެކޯރޑްތައް އެއްކުރުމާއ ބެލެހެއްޓުމާއި އެ މައުލޫމާތު ބޭނުންކޮށްގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ސްޕަވައިޒަރގެ ލަފާއާއި އެކު ތައްޔާރުކޮށް، ލިބިދޭންޖެހޭ ފަރާތްތަކަށް ލިބިދިނުމުގެ އަމަލީ މަސައްކަތް ކުރުން؛
  • ކުންފުނިން އެކި ފަރާތްތަކަށް ހުށައަޅަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓުން ތައްޔާރު ކުރަންޖެހޭ ރިޕޯޓްތަކާއި މަޢުލޫމާތުތައް ތައްޔާރު ކުރުމާއި ކަނޑައެޅިފައިވާ ސުންގަޑިތަކަށް އެ ތަކެތި ލިބިދިނުން؛
  • ކުންފުނިން އެކި މުއްދަތުތަކަށް އާރކައިވްގައި ރައްކާ ކުރަންޖެހޭ އިދާރީ ލިޔެކިޔުންތައް، ކަނޑައަޅައިފައިވާ މުއްދަތަށް ތަރުތީބުކޮށް ރައްކާތެރިކޮށް ޢަމަލީ ގޮތުން ބެލެހެއްޓުން؛
  • ދައުލަތުގެ ޑޮކިއުމެންޓްސް ޓްރާންސްފަރ ކުރުމުގެ ނިޒާމް، އީ.ގަވްސް މެދުވެރިކޮށް ކުންފުންޏަށް ލިބޭ މެއިލް އަދި ކުންފުނިން ފޮނުވާ ލިޔުކިޔުންތައް ގުޅުންހުރި ފަރާތްތަކަށް ފޯރުކޮށްދިނުމާއި އަރކައިވްކުރުން؛
  • ކުންފުނީގެ އިދާރީ ކަންކަމުގައި އެހެން ޑިޕާޓްމެންޓްތަކަށް ޢަމަލީ އެހީތެރިކަން ލިބިދިނުން؛
  • ވައިގެ ދަތުރުތަކާ ކަނޑު ދަތުރުތަކަށް ބޭނުންވާ ޓިކެޓް ބުކްކުރުމާއި ޓިކެޓް ނެގުމާއި ވިސާ ހެއްދުމާއި އިންޝުއެރެންސް ކުރުމާއި ދަތުރުކުރާ ފަރާތްތަކަށް ލިބެންޖެހޭ ފައިސާގެ ކަންކަން ހަމަޖެއްސުމާއި މީހުން ރިސީވް ކުރުމާއި އެކަމަޑޭޝަން ހަމަޖެއްސުމާއި ފުރުވުން ފަދަ ކަންކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވުން؛
  • ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި ޢިމާރާތްތަކުގެ ރެކޯޑްތައް ހޯދާ ބެލެހެއްޓުން؛
  • ކުންފުނީގެ ސެންޓްރަލް ސްޓޮކް ބެލެހެއްޓުމާއި ކަނޑައެޅިފައިވާ އުސޫލުން ތަކެތި ދޫކުރުމާއި ސްޓޮކްގެ ރިޕޯރޓްތައް ތައްޔާރު ކުރުމާއި މަދުވާ ތަކެތި އަލުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
  • އެކި ކަންކަމަށް ތައްޔާރު ކުރަންޖެހޭ ރިކްއެސްޓްތައް ތައްޔާރު ކުރުމާއި ކަމާބެހޭ ޑިޕާޓްމެންޓްތަކަށް ފޮނުވުމާއި އަޕްޑޭޓްތައް ބަލައި، ސްޕަވައިޒަރަށް މަޢުލޫމާތު ދިނުމާއި އެ ރިކްއެސްޓްކުރި ޙިދުމަތެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
  • ކުންފުންޏާއި އެކި ފަރާތްތަކާ މެދު ކުރަންޖެހޭ މުޢާމަލާތުތައް ކުރުމާއި ބައްދަލުވުންތައް ބޭވުމުގައި އެހީތެރިކަން ލިބިދިނުން؛
  • މެހެމާންދާރީ އަދާ ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވާންޖެހޭ ޙާލަތުގައި އެކަން ކުރުން؛
  • ވީކްލީ އަދި މަންތްލީ ރިޕޯޓްތަކާއި ޕްރެސެންޓޭޝަންތައް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން؛

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މ މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 30 އެޕްރީލް 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364 އާއި ގުޅުއްވުން އެދެމެވެ.

 

24 އޭޕްރިލް 2024