ދިވެހިރާއްޖެ
`
ހުރަވީ ސްކޫލް |
|
މާލެ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ: (IUL)HUR/1/2024/40
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުގެ 6 ކުލާސްރޫމްގައި ސްކޫލުން ތަކެތި ފޯރުކޮށްދިނުމުން ތަށިމުށި ޖަހައިދިނުމުގެ މަސައްކަތް ކުރުމަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
އިޢުލާނާ ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2024 އޭޕްރިލް 29 ވާ ހޯމަ ދުވަހުގެ 10:00 ގައި ހުރަވީ ސްކޫލްގައެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 07 މޭ 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި ހުރަވީ ސްކޫލްގައެވެ.
މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރ: 18/2014 އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު: 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުރަވީ ސްކޫލް
ފޯން: 3350711 / 3350704
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
23 އޭޕްރިލް 2024