ދިވެހިރާއްޖެ
ދިޔަމިގިލީ ޕްރީސްކޫލްގެ ނާސަރީ އަދި ބޭބީ ނާސަރީ ކްލާސްތަކަށް ދަރިވަރުން ވައްދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މިފެށޭ ދިރާސީ އަހަރު 2024 ވަނައަހަރު ދަރިވަރުން ކްލާސްތަކަށް ވައްދަން ބޭނުންވާ ފަރާތްތަކުން މި ހިނގާ 2024 ވަނަ އަހަރުގެ މެއި މަހުގެ 09 ވަނަ ދުވަހުގެ 23:59 ގެކުރިން "ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ އޮންލައިން ފޯމް" ފުރުއްވުމަށް ފަހު ހުށަހެޅުއްވުން އެދެމެވެ. ޕްރީސްކޫލްގެ ފީއަކީ މަހަކު -/200 (ދުއިސައްތަ ރުފިޔާ) އެވެ. އަދި ޕްރީސްކޫލަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
އޮންލައިން ފޯމް ގެ ލިނކް: https://forms.gle/MGzUXtqXw7T3aCe9A
ގްރޭޑް |
އުމުރުފުރާ |
ބޭބީ ނާސަރީ |
2023 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން |
ނާސަރީ |
2023 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން |
ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
15 ޝައްވާލް 1445
24 އޭޕްރިލް 2024