ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/15
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 30 އޭޕްރިލް 2024 14:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025-2024 ވަނަ އަހަރަށް ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

 

 

2025-2024 ވަނަ އަހަރަށް ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ ކޮށްފައިވާ އިއުލާން ނަންބަރު (IUL)257/257/2024/1

އާއި ހަވާލާދީ ދަންނަވަމެވެ. ދެންނެވި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ވަރަށް ފޯމް ލިބިފައިނުވާތީ ، 2024– 2025 ވަނަ އަހަރު ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ބޭބީނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމުގެ އުޞޫލު ތިރީގައި މިވަނީއެވެ.

ގްރޭޑް

2024 – 2025 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު ފުރާ  ބަލާގޮތް

ބޭބީ ނާސަރީ

31 ޑިސެމްބަރ 2023 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ދަރިވަރުން

ނާސަރީ

31 ޑިސެމްބަރ 2023 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ދަރިވަރުން

       ބޭބީ ނާސަރީއަށް ވަދެވޭ އުމުރަކީ 31 ޑިސެމްބަރ 2023 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ދަރިވަރުންގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، 31 މާރިޗު 2024 ގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެކުއްޖަކަށް އޮންނާނެއެވެ.

ވީމާ، ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވައްދަން އެދޭ ފޯރމް ކައުންސިލް އިދާރާއިން ނެންގެވުމަށްފަހު 30 އޭޕްރީލް 2024 ވާ އަންގާރަ ދުވަހު 14:00 ގެކުރިން ފޯރމް ހުށަހެޅުއްވުން އެދެމެވެ. ފޯރމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.00 ން 13.00 އާއި ދެމެދެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

24 އޭޕްރިލް 2024