ދިވެހިރާއްޖެ
ޖަލްސާކުރާ މާލަމަށް މޭޒު ޖަހައިދިނުން.
މިކައުންސިލްގެ ޖަލްސާކުރާ މާލަމަށް މޭޒުޖަހައިދޭނެ ފަރާތެއްހޯދުމަށް ފުރަތަމަކުރި (ނަމްބަރު: (IUL)234-C/234/2024/8) އިޢުލާނަށް ހުށަހަޅާފައިވާ ބިޑްގެ އަގުބޮޑުކަމަށް ފެންނާތީ މިއިޢުލާނު ބާތިލްކޮށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީޚާ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުން: މިއިޢުލާނާއެކު އެޓޭޗް ކޮށްފައިވާ ބިޑްރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 7 މޭ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް [email protected] އަށް މެއިލްކޮށްގެން.
- މައުލޫމާތު ދިނުމުގެ ބައްދަލުވުން: 8 މޭ 2024 ވާ ބުދަ ދުވަހުގެ 10:30 ގައި މި އިދާރާ ގައި.
- ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުން: 16 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިއިދާރާގައި، ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުމުގައި.
މިއިޢުލާނާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތުޝީޓް ރަޖިސްޓްރީވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 8 މޭ 2024 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކުރުން އެދެމެވެ. އަދި ރެޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް އަންގާ އިޢުލާނުކުރަމެވެ.