މުބާރާތް
ނަންބަރު: (IUL)296/296/2024/21
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 31 މޭ 2024 00:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮއްދޫ ކައުންސިލްގެ ފުޓްސަލް ޗެލެންޖް 2024

       ފޮއްދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާޢީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލާކުރުމުގެ މަޤްޞަދުގައި މިރަށުގައި ހުރި ސަރުކާރުގެ އިދާރާތަކަށާއި، ކްލަބް ޖަމްއިއްޔާތަކަށާއި މިރަށުގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނި އަދި އެސްޕީ ތަކަށް (ދެޖިންސްގެ ޒުވާނުންނަށް) ހުޅުވާލައިގެން އަދި ނ. އަތޮޅުގައި ހިމެނޭ ރިސޯޓުތަކަށް ދަޢުވަތު ދީގެން ބާއްވާ ފުޓްސަލް މުބާރާތް " ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024 " 19 ސެޕްޓެމްބަރ 2024 ގައި ފެށުމަށް ހަމަޖެހިފައިވެއެވެ.

     މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމް ތަކުން 2024 މެއި 31 ގެ ނިޔަލަށް ގޫގުލް ލިންކް މެދުވެރިކޮށް ފޯމް ހުށައެޅުން އެދެމެވެ.

ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024  ބައިވެރިވުމަށް އެދި ފޯމް ހުށައަޅާ ގޫގުލް ލިންކް: https://docs.google.com/forms/d/e/1FAIpQLSebe_Otq_RaxJYOQwW_49Vba7ejwmROvtohByBYt_elgPOGCg/viewform?usp=sf_link

               ވީމާ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

24 އޭޕްރިލް 2024