ދިވެހިރާއްޖެ
މިކައުންސިލުން ކޮށްފައިވާ އިޢުލާން (ނަންބަރ: (IUL)312-A S/312/2024/15) ގެ މަސައްކަތަށް ބަދަލުތަކެއް ގެނެވިފައި ވާތީވެ، މިރަށުގެ ބަދަރު ސަރަޙައްދުގައި ފަސޭހަކަމާއިއެކު މަސްކަނޑާ ތަނެއް ޤާއިމްކުރުމަށްޓަކައި، މިމަސައްކަތް ކައުންސިލުން ފޯރުކޮށްދޭ ކުރެހުމާއި އެއްގޮތަށް ހަދައިދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
- ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑި ތަކަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
- މަޢުލޫމާތު ދިނުމުގެ ސެޝަން: 30 އޭޕްރިލް 2024 ވާ އަންގާރަ ދުވަހު 11:00 އަށް ކޮމިއުނިޓީ އީސެންޓަރުގައި
- އަންދާސީ ހިސާބު ހުށަހެޅުން: 07 މެއި 2024 ވާ އަންގާރަ ދުވަހުގެ 11:00 އަށް ކޮމިއުނިޓީ އީސެންޓަރުގައި
2. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ، އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.
3. މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި " މަސްކަނޑާ އަށީގެ އަންދާސީ ހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.
4. އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.