ބީލަން
ނަންބަރު: 216-MPAO-GS/IUL/2024/8
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 07 މޭ 2024 11:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕެންޝަން އޮފީހުގެ ބޭނުމަށް 7 ސީޓަރ ގެ 1 ވޭން ސަޕްލައިކޮށްދިނުމާ ބެހޭ

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

މިއޮފީހުގެ ބޭނުމަށް 7 ސީޓަރ ގެ 1 ވޭން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު  ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 30 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ) 

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 7 މޭ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ) 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލްކުރުން އެދެމެވެ.

24 އޭޕްރިލް 2024