ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267-ESMS/267/2024/28
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 25 އޭޕްރިލް 2024 20:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުމުންދޫ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް އެކުލަވާލުމަށްޓަކައި ކުމުންދޫގައި ދަނޑުވެރިކަންކުރާ ފަރާތްތަކާއި އަދި ކުމުންދޫގެ މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުން

                  ހދ.ކުމުންދޫ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް އެކުލަވާލުމަށްޓަކައި ކުމުންދޫގައި ދަނޑުވެރިކަންކުރާ ފަރާތްތަކާއި އަދި ކުމުންދޫގެ މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ވަރަށް މުޙިއްމު މަޝްވަރާ ބައްދަލުވުމެއް 25 އޭޕްރީލް 2024، ވާ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައި ހދ.ކުމުންދޫ އިޖްތިމާޢީ މަރުކަޒުގައި އޮންނާނެއެވެ.

                   ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ދެއްވުން އެދި ކުމުންދޫގައި ދަނޑުވެރިކަންކުރާ ފަރާތްތަކާއި އަދި ކުމުންދޫގެ މަސްވެރިންނަށް  ދަޢުވަތު އަރުވަމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.  

24 އޭޕްރިލް 2024