ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)170-EXM/170/2024/38
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 14 މޭ 2024 14:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންވިޖިލޭޓަރ

އިޢުލާން

2024 ވަނަ އަހަރުގެ ފުރަތަމަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ހޯދުމަށް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށްޓަކައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:

26

މުސާރަ:

ކޮންމެ ސެޝަނަކަށް 300/-  ރުފިޔާ

ޝަރުތު:

  • ·         އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
  • ·         އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހެއް ކަމުގައިވުން.
  • ·         އިންވިޖިލޭޓްކުރާ ފަރާތަކީ އެއަހަރެއްގެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް ނުވަތަ އިމްތިހާނަށް ދަރިވަރު ތައްޔާރުކޮށްދޭ މީހެއް ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • އިންވިޖިލޭޓަރުންގެ މަޤާމަށް އެދި ހުށަހަޅާފޯމް. (މި ފޯމް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކައުންޓަރުންނާއި ވެބްސައިޓް (www.ium.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި ފޯމްދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ).
  • އޮންލައިންކޮށް ހުށައަޅާފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ        http://ium.to/invigilator2024-sem-1 އިން ނެވެ.
  • ވަނަވަރު (ސީވީ).
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމް ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި ކޮޕީ.
  • އެކައުންޓް ނަންބަރު ވެރިފައިކުރާ ސްލިޕް.

ސުންގަޑި:

 

  • ނޯޓް: އިޢުލާންގެ މުއްދަތުގެ ފަހުންވެސް އިންވިޖިލޭޓަރުންގެ ޢަދަދު ހަމަނުވާނަމަ، އިތުރަށް އެފުރުޞަތު ދެވޭނެ ވާހަކަ ދަންނަވަމެވެ.
  • ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 14މެއި 2024 ވާ އަންގާރަ ދުވަހުގެ 14:00ކުރީން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދެމެވެ.
  • އިތުރު މައުލޫމާތު ސާފުކުރުމަށް 3022174 / 3022718 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

އިމްތިޙާނު އޮންނަ މުއްދަތާ ވަގުތު:

  • އިމްތިޙާނު އޮންނާނީ 23 ޖޫން 2024 އިން 06 ޖުލައި 2024 ގެ ހެނދުނު 09:00-12:00 އަދި މެންދުރު 14:00-17:00 އަށެވެ

 

24 އޭޕްރިލް 2024

24 އޭޕްރިލް 2024