މަސައްކަތް
ނަންބަރު: (IUL)-427-OPR/1/2015/19
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 05 މޭ 2015 14:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ވެބްސައިޓަށް ޒަމާނީ ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކުރުމަށް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އަށް ޒަމާނީ ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކުރުމަށް ބޭނުންވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ވެބްސައިޓަށް ގެންނަން ބޭނުންވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ވެބްސައިޓަކީ ޒަމާނީ އަދި މަޢުލޫމާތު ހޯދުމަށް ފަސޭހަ ވެބްސައިޓަކަށް ހެދުން
  2. ސިމްޕަލް އަދި ޔޫޒަރ ފްރެންޑްލީ ވެބްސައިޓަކަށް ހެދުން
  3. ސްމާޓް ފޯނު، ޓެބްލެޓް ފަދަ ތަކެތި ބޭނުންކޮށްގެން ފަސޭހައިން އެކްސެސްކުރެވޭ ވެބްސައިޓަކަށް ހެދުން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި ކޮމިޝަންގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 12 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:00އަށް މި ކޮމިޝަނަށް ހާޒިރުވެވަޑައިގެން އަންދާސީހިސާބާއި ވެބްސައިޓް އަޕްގްރޭޑް ކުރުމަށްފަހު ހުންނާނޭ ގޮތުގެ ޕްރޮޕޯޒަލް ލިޔުމުން ނުވަތަ ސީޑީއަކުން ހުށަހަޅަންވާނެއެވެ.

ނޯޓް: އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ. އަދި ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބާއި ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

08 ރަޖަބު 1436

27 އޭޕްރިލް 2015