ދިވެހިރާއްޖެ
ކައުންސިލްގެ 04 ވަނަ ދައުރަށް އިންތިހާބްވެވަޑައިގަތް 05 ކައުންސިލް މެމްބަރުންގެ އިންތިހާބީ ވައުދު " ކޮންމެ އަހަރަކު ވަންދޫ ރައްޔިތަކަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރުޞަތު ދިނުން " މިވައުދުގެ ދަށުން2024 ވަނަ އަހަރުގެ ޑިސެމްބަރުމަހު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ވަންދޫ ރައްޔިތުންގެ ތެރެއިން ތިރީގައި ބަޔާންކުރެވިފައިވާ ޝަރުތުތައް ހަމަވާ ފަރާތެއް ހޮވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ފޯމް ހުށައަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް:
- ޢުމްރާގެ އަޅުކަން އަދާކުރަންދާ ފަރާތަކީ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ފަރާތެއްކަމުގައިވުން.
- ޢުމްރާގެ އަޅުކަން އަދާކުރަން ފޯރމް ހުށައަޅާ ފަރާތަކީ ކޮޅުމަޑުލު ވަންދޫ ރަށްވެއްސެއް ކަމުގައިވުން.
- ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ ފަރާތަކީ ފުރިހަމަ ސިއްޙަތެއްގައިހުރި ފަރާތަކަށްވުން.
ފޯމާއިއެކު ހުށައަޅަންޖެހޭ ލިޔުންތައް:
1- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓް ގެ ކޮޕީ.
ޢުމްރާ ދަތުރާއި ގުޅޭ އިތުރު މައުލޫމާތު މިއިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ " ކައުންސިލުން ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުޞޫލް " ގައި ބަޔާންކުރެވިފައިވާނެއެވެ. މިއިއުލާނާއި ގުޅިގެން ފޯމް ހުށައެޅުމުގެ އެންމެ ފަހުތާރީހަކީ 13 މެއި 2024 ވަނަދުވަހުގެ 12:00 އެވެ. އިތުރު މައުލޫމާތެއް ސާފުކުރަށްވަން ބޭނުންފުޅުވެލައްވާނަމަ 6780041 ނުވަތަ 7980047 އަށް ގުޅުއްވުން އެދެމެވެ.