ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2024/42:ނަންބަރު
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި ކޯޕަރޭޝަންގެ 2024 އަދި 2025 ވަނަ އަހަރުގެ ފައިނޭޝަލް އޮޑިޓު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިއުލާން ނަންބަރު:
MMPRC-PRO/1/2024/29(IUL) ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 އޭޕްރިލް 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 2024 މޭ 7 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
14 ޝައްވާލް 1445ހ.