މަސައްކަތް
ނަންބަރު: FSM-ADV-2015/041
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:04
ސުންގަޑި: 03 މޭ 2015 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބޮއިލަރސޫޓު ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިކުންފުނިން ދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ބޮއިލަރސޫޓު ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު: FSM-ADV-2015/038 އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 މޭ 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބޮއިލަރސޫޓު ތައްޔާރުކުރަންޖެހޭ އަދަދާއި، ސައިޒުތައް އަދިވެސް މިފަދަ މަޢުލޫމާތުތައް، މަޢުލޫމާތު ދިނުމުގެ ސެޝަންގައި ހިއްސާކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331453 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

27 އޭޕްރިލް 2015