ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)366/2024/28
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 14:06
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކިއެކި ސަރަޙައްދުތަކުގައި އިންދާފައިހުރި ރުއްގަހުގައި ނަންބަރު ޖެހުމާއިބެހޭ.

ރަށުގެ އެކިއެކި ސަރަޙައްދުތަކުގައި ޢާއްމު ފަރާތްތަކުން އިންދާފައިހުރި ރުއްގަހުގައި އެތަކެތީގެ ވެރިފަރާތްތަކުން ނަންބަރު ޖެހުމަށް މަސްދުވަހުގެ މުއްދަތެއް ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށާއި، މި މުއްދަތު ހަމަވާއިރު ނަންބަރު ނުޖަހާހުރި ރުއް،ގަހަކީ ރައްޔިތުންގެ ރުއް،ގަސް ކަމުގައި ބަލާނެ ކަމަށާއި، އަދި ކައުންސިލުން ރުއް،ގަސް އިންދުމަށް މަނާކޮށްފައިވާ ތަންތާނގައި އިންދާފައިހުރި ރުއް،ގަސް ދަފުތަރުގައި ނުހިމަނާނެ ކަމަށާއި، އަދި އެފަދަ ތަކެއްޗަށް ބަދަލު ނުދިނުމަށްވެސް ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 149 ވަނަ ޢާއްމު ޖަލްސާއިންވަނީ ނިންމާފައެވެ.  

 

              ވީމާ، ކައުންސިލުން ނިންމާފައިވާ ގޮތަށް މިއަދުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ރަށުގެ އެކިއެކި ސަރަޙައްދުތަކުގައި ޢާއްމު ފަރާތްތަކުން އިންދާފައިހުރި ރުއް،ގަހުގައި އެގެއަކަށްދީފައިވާ ނަންބަރު ރުއް،ގަސް ވަކިން އެނގޭގޮތަށް ތަރުތީބުން ޖަހާދެއްވުންއެދެމެވެ.

 

 

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

23 އޭޕްރިލް 2024