ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2024/045
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 10:25
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445ހ. ވަނަ އަހަރު ރަމަޟާންމަހު ގޭބިސީތަކަށް ހަދިޔާކުރި ކާޑުގެ ބާވަތްތަކާ ގުޅޭ

1445ހ. ވަނަ އަހަރުގެ ރަމަޟާންމަހު، މީހުން ދިރިއުޅޭ ގޭބިސީތަކަށް ބަހާން ސަރުކާރުން ދޫކޮށްފައިވާ ކާޑުގެ ބާވަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ގެތަކަށް ދިނުމަށް ފަހު އިތުރަށް ހުރި ކާޑުގެ ބާވަތްތައް ދޫކުރުން މިއަދުން ފެށިގެން މި އިދާރާގެ ރަސްމީ ވަގުތުތަކުގައި ކުރިއަށް ދާނެއެވެ. މި ތަކެތި ދޫކުރާން ހަމަޖެހިފައިވަނީ ކޮންމެ ގޭބިސީއަކަށް ވެސް އެއް ބަސްތާގެ މަގުން ތަކެތި ހުސްވާންދެން ތަކެތި ބަލައި އަންނަ ތަރުތީބުންނެވެ.

ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

23 އޭޕްރިލް 2024