ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS118/2024/07
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 12 މޭ 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ސުކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރު ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ

ނަމްބަރު:07/2024/(IUL) GS118

އިޢުލާން

2024 ވަނަ އަހަރު ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ

       2024 ވަނަ ދިރާސީ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް ކުރެވުނު ނަމްބަރު:06/2024/(IUL)GS118 އިއުލާން ބާތިލް ކުރުމަށް ފަހު އަލުން އެފުރުސަތު ހުޅުވާލަމެވެ.

       2024 ވަނަ ދިރާސީ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތް ތަކަށް އެކަމަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އެހެންކަމުން އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

މަރުހަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

2023 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ

2023 ޑީސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

2023-2024 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރުހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު ( 26 މޭ 2024 ގައި ފެށޭ ) ޔޫ.ކޭ.ޖީ އަށް ބަދަލުކުރެވޭނެއެވެ.  

 

       މަތީގައިވާގޮތަށް އުމުރު ބަލާނީ ދަރިވަރު ސްކޫލަށް ވައްދަން އެދޭ އަހަރު 31 ޑިސެމްބަރ އަށް އަހަރު ފުރޭ ދަރިވަރުންނެއެވެ.   ނަމަވެސް ހިނގާ އަހަރު 31 މާރޗް ގެ ނިޔަލަށް 04 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީ އަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖަކަށް ދެވިދާނެއެވެ.  

       ވީމާ، 12 މެއި 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން 2024 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވަދައްން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމް އާއެކު ހުށައަޅަން ޖެހޭ ތަކެއްޗާއެކު މިސްކޫލްގެ އޮފީހަށް ހުށއެޅުމަށް ދަންނަވަމެއެވެ.

       މި ފޯމް ސްކޫލް އޮފީހުން 23 އޭޕްރީލް 2024 އިން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.  

23 އޭޕްރިލް 2024