ޢާންމު މަޢުލޫމާތު
ނަންބަރު: -
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 21:32
ސުންގަޑި: 01 ޖަނަވަރީ 1970 05:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ވޭޖްޕޫލް)، އަދި ކައުންސިލް އެސިސްޓެންޓް މަޤާމުގެ އިއުލާންގައިވާ ފޯމް ހުށަހެޅުމުގެ ސުންގަޑިއާއި ގުޅޭ

މި އިދާރާއިން ކައުންސިލް އެސިސްޓެންޓް (ވޭޖްޕޫލް) މަޤާމަށް މުވައްޒަފުން ނެގުމަށް ކުރި އިއުލާން ނަންބަރު:(IUL)407 -CA407/407/2024/21 ގައި ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ 23 އެޕްރީލް 2024 ގެ 12:00 ކަމުގައި ލިޔެވިފައިވީނަމަވެސް ކުރިއަށް އޮތީ ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ވުމާއިއެކު މި އިޢުލާނުގެ ސުންގަޑި އަކީ 25 އެޕްރީލް 2024 ގެ 12:00 ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަދި ހަމައެއާއެކު، މި އިދާރާއިން ކައުންސިލް އެސިސްޓެންޓް  މަޤާމަށް މުވައްޒަފަކު ނެގުމަށް ކުރި އިޢުލާން ނަންބަރު:(IUL)407 -CA407/407/2024/20 ގައި ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ 21 އެޕްރީލް 2024 ގެ 12:00 ކަމުގައި ލިޔެވިފައިވީނަމަވެސް އެ ދުވަހަކީ ބަންދު ދުވަހެއްކަމަށް ވުމާއިއެކު މި އިޢުލާނުގެ ސުންގަޑި އަކީ 23 އެޕްރީލް 2024 ގެ 12:00 ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

22 އޭޕްރިލް 2024