މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/98
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 12 މޭ 2015 10:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފ.މަގޫދޫ ޞިއްޙީމަރުކަޒު މަރާމާތުކުރުމަށް

ފ. މަގޫދޫ ޞިއްޙީމަރުކަޒު މަރާމާތުކުރުމަށް މިނިސްޓްރީ ނަންބަރު IUL 23-AP/1/2015/55ފ(5 މާރިޗު 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ އަގު މިނިސްޓްރީން އަންދާޒާކޮށްފައިވާ އަގަށްވުރެ ބޮޑުވާތީ، އެއިޢުލާން ބާޠިލުކޮށް، ފ. މަގޫދޫ ޞިއްޙީމަރުކަޒު މަރާމާތުކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 12 ވާ އަންގާރަ ދުވަހުގެ 10:00އަށް ފ. އަތޮޅު ހޮސްޕިޓަލަށާއި ފ. މަގޫދޫ ޞިއްޙީމަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 19 ވާ އަންގާރަ ދުވަހުގެ 10:00 އަށް ފ. އަތޮޅު ހޮސްޕިޓަލަށާއި ފ. މަގޫދޫ ޞިއްޙީމަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

09 ރަޖަބު 1436       

28 އޭޕްރިލް 2015