ދިވެހިރާއްޖެ
(IUL)38-BB/38/2024/257 :ނަންބަރު
އިޢުލާން
މ.މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ.އުތީމު، ނ.ލަންދޫ، ނ.ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ.ތަކަންދޫ، ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން – 4 މޭ 2024
ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
މ.މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ.އުތީމު، ނ.ލަންދޫ، ނ.ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ.ތަކަންދޫ، ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށްޓަކައި 2024 މޭ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެމީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު، ޤަވާއިދު ނަންބަރު 2020/R-6 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާއިދު) ގެ 28 ވަނަ މާއްދާގެ (ހ) އިން އަދި ޤަވާއިދު ނަންބަރު 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 19 ވަނަ މާއްދާގެ (ހ) ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ.
މި ގޮތުން، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2024 އެޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ 12:00 އިން ފެށިގެން، 2024 އެޕްރީލް 23 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.
(ހ) އިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުންނެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
- ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
- އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
- ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް / ވެރިއެއް ކަމުގައި ނުވުން.
- ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން.
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.
(ށ) އިންތިޚާބަށް ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭފަރާތްތަކުން، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ.
- ކެންޑިޑޭޓުގެ މަންދޫބަކަށްވުމަށް އެދޭ ފޯމު
- ކެންޑިޑޭޓުގެ މަންދޫބަކަށްވުމަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ
- ކެންޑިޑޭޓުގެ މަންދޫބަކަށްވުމަށް އެދޭ ފަރާތުގެ އިޤްރާރު
- ކެންޑިޑޭޓުގެ މަންދޫބު ޢައްޔަން ކުރިކަމުގެ ލިޔުން
- އައި.ޑީ ކާޑުގައިވާ ފޮޓޯ ނޫން ފޮޓޯއެއް ފާހުގައި ޖަހަން ބޭނުންވާނަމަ، ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭފަރާތުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ، JPEG/PNG ފޯމެޓުގައި ސޮފްޓް ކޮޕީ.)
- ފޮޓޯ ސޭވްކޮށްފައި ހުންނަންވާނީ އެފޮޓޯގައިވާ މީހާގެ އައިޑީ ކާޑު ނަންބަރުންނެވެ.
6. ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއި ކުރައްވާނަމަ ޕަވަރ އޮފް އެޓަރނީ ހަވާލުކުރެވިފައިވާ ކަމުގެ ލިޔުން
(ނ) ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން
- ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އިޤްރާރުގައި ސޮއި ކުރަންވާނެއެވެ.
- އެކަކު އެއް އެޕްލިކޭޝަނަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާނަމަ، އެފަރާތަކުން އެންމެ ފުރަތަމަ ހުށަހަޅާ ފޯމު ބަލައިގަނެ އެހެން ފޯމުތައް ބާޠިލު ކުރެވޭނެއެވެ.
- އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.
- އެޕްލިކޭޝަން ފޯމުގައިވާ ސޮޔާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ސޮއި ތަފާތު ނަމަ، އެޕްލިކޭޝަން ފޯމު ބާޠިލު ކުރެވޭނެއެވެ.
- ކެންޑިޑޭޓުންނަށް މަންދޫބުން އައްޔަން ކުރެވޭނީ، ކޮންމެ ކެންޑިޑޭޓަކަށްވެސް އެމީހެއްގެ މަސްލަހަތު އޮތް ކޮންމެ މަރުކަޒަކަށް ނުވަތަ ފޮއްޓަކަށް އެއް 1 (އެކެއް) މަންދޫބެކެވެ.
- ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކަށް ހާއްސަ މައުލޫމާތު ސެޝަނެއް އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދާނެއެވެ.
- އިންތިޚާބެއްގައި ވޯޓު ނަގާ ދުވަހު، ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގައި ހުރުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިޚާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްނަމަ، ނުވަތަ އިންތިޚާބުގައި ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިޚާބުގައި އޮބްޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.
- ފޯމު ހުށަހެޅުމަށްފަހު 3004459 އަށް ގުޅުއްވާ އީމެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރު ކުރަންވާނެއެވެ. އަދި ދަންނަވަމެވެ. ފައިލް ސައިޒް 10mb އަށް ވުރެ ބޮޑުވެގެން މި ކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމެއްގެ ގޮތުގައެވެ.
ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށްއެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 އެޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ 12:00 އިން ފެށިގެން، 2024 އެޕްރީލް 23 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް، އީމެއިލް މެދުވެރިކޮށެވެ. ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] އީމެއިލަށެވެ. މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.
- ހއ.ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އަދި ނ.ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށްޓަކައި 2024 މާރިޗް 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިޢުލާނު ކުރެވުނު ބައި-އިލެކްޝަނުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރި ވުމަށް ފޯމު ހުށަހެޅުއްވި ފަރާތްތަކުން އިތުރު ފޯމެއް ހުށަހާޅާކަށް ނުޖެހޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.