ދިވެހިރާއްޖެ
(IUL) 38-AC/38/2024/254 :ނަންބަރު
އިޢުލާން
ލ. އިސްދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން
މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2024/234: އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
2024 މޭ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލ. އިސްދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ލ. އިސްދޫ ކައުންސިލްގެ މެންބަރުކަމަށް ޝަރުތު ފުރިހަމަ ވެފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ.
ފުރިހަމަ ނަން |
ދާއިމީ އެޑްރެސް |
ކުރިމަތިލާފައިވާ ޙައިޘިއްޔަތު |
އިބްރާހީމް ޙަމީދު |
އާސްމާނުވިލާ، ލ. އިސްދޫ |
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް |
ވީމާ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަތީގައި ދެންނެވިފައިވާ ފަރާތް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.