މަސައްކަތް
ނަންބަރު: 153-FA/2015/06
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 06 މޭ 2015 15:00
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމާބެހޭ

17 މޭ 2015 ން 28 މޭ 2015 އަށް އޮންނަ، 2015 ވަނަ އަހަރުގެ، މިފެކަލްޓީގެ ފުރަތަމަ ސެމެސްޓަރުގެ އިމްތިޙާނުގައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު: 05

އުޖޫރަ ދެވޭގޮތް:

  މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް: -/100ރ (ސަތޭކަ ރުފިޔާ) 

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

  އެގްޒާމް އޮންނާނީ ޢާންމުގޮތެއްގައި ހަވީރު ދަންފަޅީގައެވެ. މި ދަންފަޅިއަށް މަދުވެގެން 3 ގަޑިއިރާއި ބައިގެ ވަގުތެއް ހޭދަވާނެއެވެ. މަސައްކަތް ފެށޭނީ މެންދުރުފަހުގެ 3:15 ގައެވެ.

ކުރަންޖެހޭ މަސައްކަތް.

  އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް، މިފެކަލްޓީން އަންގާގޮތެއްގެ މަތިން ކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން، އެބޭފުޅެއްގެ ސިވީ/ސެޓުފިކެޓު އަދި އައިޑީކާޑުގެ ކޮޕީއާއެކު 2015 މޭ 06 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މި ފެކަލްޓީއަށް ސިޓީ ފޮނުއްވުން އެދެމެވެ.

11 ރަޖަބު 1436

30 އޭޕްރިލް 2015