ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-AHI/309/2024/42
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 18 އޮގަސްޓް 2024 00:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން 

                  މިރަށު ބަނދަރު ބެލެހެއްޓުމާއި ގުޅޭ ގޮތުން މިއިދާރާއިން ކުރެވިފައިވާ ނަންބަރ(IUL)309-CBF/309/2023/14 (29 ޖެނުއަރީ 2024 ) އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާ ބަނދަރު ބެލެހެއްޓުމުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އޮޑިދޯނި ފަހަރު އެހެލާ ބާލަން ވާނީ ކައުންސިލުން ހުއްދައަށް އެދި ހުއްދަލިބުމުން، އެކަމަށް ޙާއްސަ ކުރެވިފައިވާ ސަރަޙައްދަކަށެވެ. އަދި އެހެލާ އުޅަނދުފަހަރުން 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވާ ކޮންމެ ދުވަހަކަށް ފީނެގޭނެކަން ވެސް މި ޤަވާޢިދުގައި ބަޔާންކޮށްފައިވާނެއެވެ. އެހެންކަމުން، މިރަށު އުތުރު ބައުފަޅު ސަރަޙައްދަށް އެހެލާފައިވާ ( މިއިޢުލާނާއި އެކު އުޅަނދުތަކުގެ ފޮޓޯ އާންމުކުރެވިފައިވާ) އޮޑިދޯނި ފަހަރުތަކުގެ ވެރިފަރާތްތަކުން 20 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް އެ އުޅަނދުތަކުގެ މަޢުލޫމާތު ހިއްސާކޮށްދެއްވާ ޤަވާޢިދާއި އެއްގޮތަށް މިއިދާރާގައި ރަޖިސްޓްރީކޮށްދެއްވުން އެދި ދަންނަވަމެވެ. އަދި މި ދެންނެވުނު ޞަރަހައްދުގައި ހުރި ބޭނުން ނުކުރާ ނުވަތަ މަރާމާތު ނުކުރާ އުޅަނދުތައް       15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނަގާ ބިން ސާފުކުރުމަށް ދަންނަވަމެވެ. މި މުއްދަތުގައި އުޅަނދުތައް ނުނަގައިފިނަމަ 2019/R-386  (ޢާންމު ތަންތަނަށާއި، މަގުމަށްޗަށާއި، ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާޢިދު) ގެ ދަށުން އެފަދަ ތަކެތި ކައުންސިލުން ނައްތާލެވޭނެކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.  

                 މިއިޢުލާނާއި އެކު އުޅަނދުތަކުގެ ފޮޓޯ އާންމުކުރެވިފައިވާނެއެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

           ފޯނު ނަންބަރު: 6580028

           އީ-މެއިލް: [email protected]

18 އޭޕްރިލް 2024