ދިވެހިރާއްޖެ
`
މާމެންދޫ ސްކޫލް
ގއ. މާމެންދޫ
ނަންބަރު: GS198/IUL/2024/13
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުގެ ސްޓާފް ރޫމު ފާޚާނާއާއި، ކުލާސްރޫމުތަކުގެ އަސްކަނިތައް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުން:
މި ސްކޫލުގެ ސްޓާފް ރޫމު ފާޚާނާއާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ފާޚާނާއާއި، ބައެއް ޢިމާރާތްތަކުގެ އަސްކަނި ސީލިންފަދަ ތަންތަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް 21 ފެބްރުއަރީ 2024 ގައި ކުރި އިޢުލާން ނަންބަރު: GS198/IUL/2024/08 އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
އެހެންކަމުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 18 އޭޕްރިލް 2024 އިން 29 އޭޕްރިލް 2024 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރި ތަކަށެވެ.
ބިޑް ރަޖިސްޓްރީ ފޯމް ލިންކް: https://forms.gle/e7bb9qMrbeWXGzvy6
- މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ، 28 އޭޕްރިލް 2024 އާދިއްތަ ދުވަހުގެ މެންދުރުފަހު 1.30ގެ ކުރިން މި އިޢުލާނުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަމާއި ބެހޭ ޕްރީ ބިޑް މީޓިން އޮންނާނީ 30 އޭޕްރިލް 2024 ވާ އަންގާރަ ދުވަހު 1.00ގައި މި ސްކޫލުގެ ލައިބްރަރީގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 5 މެއި 2024 ވާ އާދީއްތަ ދުވަހު 1.00ގައި މާމެންދޫ ސްކޫލުގެ އޮފީހުގައެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗު ކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. އަދި ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު: އީ މެއިލް ކުރައްވާނީ، [email protected] އަށެވެ. އިތުރު މަޢުލޫމާތް ހޯދެއްވުމަށް 7983093 ގުޅުއްވުންއެދެމެވެ.
19 ޝައްވާލް 1445
18 އޭޕްރިލް 2024