ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)425-C1/1/2024/151
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 29 އޭޕްރިލް 2024 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ - ކޮންޓްރެކްޓް

އިޢުލާނު

މަޤާމު:

ޑްރައިވަރ (ބަގީ ދުއްވުމަށް)

ބޭނުންވާ އަދަދު:

10

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު).

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ވިލިމާލެ

މުސާރަ:

3470.00 ރުފިޔާ

ސަރވިސް އެލަވަންސް:

3530.00 ރުފިޔާ

އިތުރުގަޑި:

2910.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަގީ ދުއްވުމުގެ ކެޓެގަރީގައި ހިމެނޭ ލައިސަންސް އޮންނަ ފަރާތަކަށް ވާންވާނެއެވެ. އަދި ލައިސެންސްގެ މުއްދަތު ހަމަވުމުން ލައިސެންސް އާކުރަންވާނެއެވެ.
  2. ބަގީ ޑްރައިވަރުގެ ޑިއުޓީ ފެށުމުގެ 15 މިނެޓް ކުރިން ބަގީ ދަތުރު ފެށުމުގެކުރިން ރަނގަޅައް ޗާރޖް ހުރިތޯ ޗެކްކޮއް ބެލުން.
  3. ބަގީ ގަރާޖައްލައިއެއް ޗާޖްކޮއް ހަމަޖެހިފައިވާ އުސޫލުގެތެރެއިން އެ މަސައްކަތްކުރުމުގައި ޑްރަވަރު އަންގާގޮތެއްގެމަތިން މަސައްކަތްކުރުން
  4. ބަގީ ސާފުކޮށް ނުބައިވަސް ނުދުވާނެހެން އެއަރފްރެޝްނަރ ބޭނުންކުރުން އަދި ބަގީގެ ބިއްލޫރިތަކާއި ސީޓް، ގޮނޑި ފަދަ ތަންތަން ސާފުކުރަންވާނެއެވެ.
  5. ބަގީއަށް މީހުން އަރުވަން ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް މީހުން ނޭރެވުން. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ.
  6. ކޮންމެ ހަފްތާއެއްގެ ބަންދު ދުވަހުގައި ބަގީ ދޮވެ ތެޔޮޖަހައި ރީތިކޮށް ސާފުކުރުން.
  7. ބަގީއަށް ލިބޭ ކޮންމެ ގެއްލުމެއް ލޮގް ކުރެވި ވަގުތުން މަސައްކަތް ހަވާލުކުރާ ފަރާތަށް ރިޕޯޓްކުރުން.
  8. ޑިއުޓީ ނިންމުމަށްފަހު މަސައްކަތުން ދިއުމުގެކުރިން ޗާރޖްކުރަންޖެހޭ ބަގީތަކުގެ މަޢުލޫމާތު ހިއްސާކުރުން.
  9. މަރާމާތު ކުރަންޖެހޭ ބަގީއެއްވާނަމަ އެމަޢުލޫމާތު ހިއްސާކޮއްލުން.
  10. އުޅަނދަށް ލިބޭ ގެއްލުންތަށް ވަގުތުން ސްޕްވައިޒަރަށް ރިޕޯޓްކުރުން.
  11. ޑިއުޓީނިންމައި އުޅަނދު ގަރާޖަށް ވައްދަންޖެހޭ ހާލަތްތަކުގައި ގަރާޖަށްވެއްދުން.
  12. އެއްގަމު އުޅަނދު ދުއްވުމުގައި އެ ހިނދަކަށް ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކާއެއްގޮތައް ޢަމަލުކުރުން.
  13. ޑިއުޓީގައި އުޅަނދު ކަނޑައެޅިފައިވާ ސަރަޙައްދުގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ އަހީތެރިކަން ފޯރުކޮށްދިނުން.
  14. އުޅަނދުގެ ތަޅުދަނޑި ރައްކާތެރިކަމާއެކު ގެންގުޅުން ނަވަތަ އެހިދަކަށް މެނޭޖަރ އަންގާގޮތެއްގެމަތިން ތަޅުދަނޑިއާދޭތެރޭ ޢަމަލުކުރުން އުޅަނދުގެ އަހަރީފީއާއި ރޯޑްވާދިނަސް އަދި އިންސުއަރެންސް މުއްދަތު ހަމަވޭތޯ ބަލައި މެނޭޖަރަށް ރިޕޯޓްކުރުން.
  15. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ މެނޭޖަރގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  16. ކައުންސިލް އިދާރާގެ މަސައްކަތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  1. އަސާސީ ތަޢުލީމީ ފެންވަރު.
  2. އެއްގަމު އުޅަނދު ދުއްވުމުގެ B1 ކެޓަގަރީގެ މާލޭ އޭރިޔާގެ ލައިސަންސް އޮތުން.

އެހެނިހެން ޝަރުތު

  1. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 04 މަސް ހަމަނުވާ ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް. (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އެޕްރީލް 2024 ގެ 14:00 ގެ ކުރިން، ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް އެޕްލިކޭޝަނެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                                   09 ޝައްވާލް 1445
18 އޭޕްރިލް 2024