ދިވެހިރާއްޖެ
ކ. ހުރާ ކައުންސިލް އިދާރާގެ ބޮޑުކުރުން
މިއޮތޯރިޓީގެ 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމަނާފައިވާ ކ. ހުރާ ކައުންސިލް އިދާރާ ބޮޑުކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު IUL)221-PP/221/2015/5) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ. ވީމާ، ކ. ހުރާ ކައުންސިލް އިދާރާ ބޮޑުކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކ. ހުރާ ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކ. ހުރާ ކައުންސިލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
11 ރަޖަބު 1436