ދިވެހިރާއްޖެ
(IUL)403-A/403/2024/77:ނަންބަރު
އިޢުލާން
ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ޔުނީފޯމް ފޯރުކޮށްދިނުމާ ގުޅޭ
މިއިދާރާގެ އެކިއެކި ޔުނިޓްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް މި އިދާރާއިން ދޭ ނަމޫނާ އާ އެއްގޮތަށް މީލާދީ 3 އަހަރު ދުވަހަށް ޔުނީފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
އަހަރު |
ކައުންސިލް ޔުނީފޯމް (ޓީޝާޓް / އަތްކުރު) |
ކައުންސިލް ޔުނީފޯމް (މުސްލިމާ) |
ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ ޔުނީފޯމް (ޓީޝާޓް / އަތްދިގު) |
ޖުމްލަ |
2024 |
28 |
29 |
16 |
73 |
2025 |
32 |
34 |
24 |
90 |
2026 |
32 |
34 |
24 |
90 |
ދެންނެވިފައިވާ ޢަދަދު ތަކުގެ އިތުރުން ވެސް އިދާރާއިން ޔުނީފޯމް ގެންނަން ބޭނުންވެއްޖެ ހާލަތްތަކުގައި މަދުވެގެން 5 ޔުނީފޯމަށް އޯޑަރުދީފިނަމަ، ޔުނީފޯމް ފޯރޮކޮށްދޭން ވާނެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. މެއިލްކުރަން ބޭނުންވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑީގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކައުންސިލްގެ ނަންބަރު 6800705 ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ. އިއުލާނާއެކު ކޯޓޭޝަން ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ޝީޓް އެޓޭޗް ކުރެވިފައި ވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
09 ޝައްވާލު 1445ހ