މަސައްކަތް
ނަންބަރު: (IUL)F1HC-2024/03
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 06 މޭ 2024 11:00
ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އޮފީސްބައިގެ ފާޚާނާ އަދި ރެސިޑެންބައިގެ ފާޚާނާ މަރާމާތުކޮށްދޭނެ ފަރާތެއްހޯދުން.

ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އޮފީސްބައިގެ ފާޚާނާ،އަދި ރެސިޑެންބައިގެ ފާޚާނާ، މަރާމާތު މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މި މަރުކަޒުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު، (ޤާނޫނު ނަމްބަރ 2014/18) އަދި (ޤާނޫނު ނަމްބަރ 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

މި ބިޑްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު 23 އެޕްރީލް 2024ން ފެށިގެން 28 އެޕްރީލް 2024ގެ 10:30ގެ  ނިޔަލަށްވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީވުމަށް ރަސްމީ ގަޑީގައި މިމަރުކަޒުގެ 6600757 ނަމްބަރު ފޯނަށްގުޅައި ނުވަތަ [email protected]އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

* މި މަސައްކަތާގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 28 އެޕްރީލް 2024 (އާދިއްތަ) ދުވަހު 10.30 އެވެ. މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. މި އިޢުލާނާއިއެކު މަސައްކަތުގެ މައުލޫމާތު ޝީޓް ޢާންމު ކުރެވިފައިވާނެއެވެ.

* މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އޮފީހުގައެވެ.

* މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ދރ އަންގައިދޭ ކާޑު އަދި ބަދަލުގައި އެހެންބޭފުޅަކު ވަޑައިގަންނަވާ ނަމަ އެ ފަރާތުގެ ލިޔުމެއް ގެންނަންވާނެއެވެ.

 

 

 

 

 

މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން

 

 

* މިމަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 06 މެއި 2024 (ހޯމަ) ދުވަހު11.00 އެވެ. ސުންގަޑި ހަމަވުމުން ލިބޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވެނެއެވެ.

* އަންދާސީ ހިސާބާއެކު ހުށަހަޅާ އެންމެހައި ލިޔެކިއުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި "ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އޮފީސްބައިގެ ފާޚާނާ އަދި ރެސިޑެންބައިގެ ފާޚާނާ މަރާމާތުކޮށްދޭނެ ފަރާތެއްހޯދުން" މިހެން ލިޔެ އިޢްލާން ނަމްބަރު ޖަހާފައި އޮންނަންވާނެއެވެ.

* އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއާއި، ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާ ނަމަ އެކަން ބަޔާންކޮށް ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދރ އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

* އަންދާސީހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން އަންދާސީ ހިސާބު ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ އެއް ޙާޟިރެއްގައެވެ.

* އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އޮފީހުގައެވެ.

 

 

 

 

 

 

 

އަންދާސީ ހިސާބު ހުށަހެޅުން/ އަންދާސީ ހިސާބު ހުޅުވުން.

18 އޭޕްރިލް 2024