ދިވެހިރާއްޖެ
މިހޮސްޕިޓަލުގެ ލެބޯޓްރީގައި ބޭނުންކުރާ ލެބޯޓްރީ މެޝިންތައް ބައިޑައިރެކްޝަންލް އިންޓަރފޭސް ކޮށްދޭނެ ފަރާތެއް ހޯދަން 16 އެޕްރީލް 2015 ގައި ކޮށްފައިވާ IU/PR/2015/51-ފ137 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.
ތަން |
ގަޑި |
ތާރީޚު (ދުވަސް) |
ތަފުސީލު |
ލެކްޗަރ ހޯލް |
13:00 |
05 މޭ 2015 (އަންގާރަ) |
މަޢުލޫމާތު ސާފުކުރެއްވުމަށް |
ލެކްޗަރ ހޯލް |
14:00 |
11 މޭ 2015 (ހޯމަ) |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
11 ރަޖަބު 1436