ޢާންމު މަޢުލޫމާތު
ނަންބަރު: 16-D4/IL/2024/72
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 02 މޭ 2024 23:59
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކާގޯ އޭޖެންޓް ޕޯޓަލް ބޭނުންކުރުމާއި ބެހޭ

އެމް.އޭ.ސީ.އެލް ކާގޯގެ އޭޖެންޓް ޕޯޓަލް އާއި ބެހޭ ގޮތުން އާއްމު ކުރެވުނު ސަރކިއުލަރ ނަމްބަރ D4-CIR/2023/49 އާއި ހަވާލާދީ ދަންނަވަމެވެ.

01 ޖޫން 2024 އިން ފެށިގެން ކައުންޓަރުން ދެމުންއަންނަ ފައިސާ ބަލައިގަތުމުގެ ޚިދުމަތް އާއްމޮކޮށް ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ދިނުން ހުއްޓާލާނެ ވާހަކަ ދަންނަވަމެވެ. މިއާއެކު ކާގޯ ޚިދުމަތްތަކާއި ބެހޭ ހުރިހާ ފައިސާއެއް ބަލައިގަންނާނީ އޭޖެންޓް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. މީގެ އިތުރުން، އޭޖެންޓް ޕޯޓަލް އިން ފައިސާ ދެއްކުމަށް ޕީޑީ އެކައުންޓްގެ ޚިދުމަތަށް އެދިލެއްވުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް އޮންނާނެ ވާހަކަ ދަންނަވަމެވެ. އޭޖެންޓް ޕޯޓަލް މެދުވެރިކޮށް ޕޭމަންޓް ބަލައިގަނެވޭނީ އެމުދަލެއްގެ ޑޮކިއުމެންޓޭޝަން ފުރިހަމަ ކުރެވި، ކާގޯ ޓެލީ މަރުހަލާ ނިމުމުންނެވެ. އެގޮތުން މިމަސައްކަތްތައް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ ގަޑި ތަކަކީ:

  • ޕެރިޝަބަލް ކާގޯ – ފްލައިޓް ޖައްސާގަޑިން ފެށިގެން 3 ގަޑިއިރު
  • ޖެނެރަލް ކާގޯ - ފްލައިޓް ޖައްސާގަޑިން ފެށިގެން 6 ގަޑިއިރު

ކާގޯ އޭޖެންޓް ޕޯޓަލްގެ ޚިދުމަތް އެމް.އޭ.ސީ.އެލް ކާގޯގެ ކަސްޓަމަރ ސަރވިސް އޭރިޔާގައި ބެހެއްޓިފައިވާ ކިއޮސްކު މެދުވެރިކޮށްވެސް ލިބިލައްވާނެއެވެ.

މަތީގައި ދެންނެވިފައިވާ ގަޑިތަކުގެ އިތުރަށް އެއްވެސް ލަސްކަމެއް ނުވަތަ މައްސަލައެއް ދިމާވާނަމަ އަޅުގަނޑުމެންގެ ކަސްޓަމަރ ސަރވިސްގެ ނަމްބަރ 7420225 އަށް ގުޅުއްވައި ކުރިއަށް ގެންދިޔުމަށް ދަންނަވަމެވެ.

މިބަދަލާއިއެކު ކާގޯ އޭޖެންޓް ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުރިއަށްވުރެ އަވަސް އަދި ފަސޭހަ ޚިދުމަތެއް ދެވިގެންދާނެ ކަމަށް އުންމީދު ކުރަމެވެ. އަދި މިފަދަ ކަންކަމުގައި ކާގޯގެ ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

18 އޭޕްރިލް 2024