ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވާރކަރސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގެ ޓްރޭޑް ފެސިލިޓޭޝަން ސެންޓަރު އަދި ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރުތަކަށް ޕެކޭޖިންގ މެޓީރިއަލްސް ގަންނަން ބޭނުންވެއެވެ. ވީމާ، މި އިޢުލާނާއެކު ހިމެނޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މ.ބޭންފްވިލާގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތް ކޮށްދެއްވުމަށް ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މ.ބޭންފްވިލާގެ ދެވަނަ ފަންގިފިލާގައެވެ. 14:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއްނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ބީލަން ހުށަހަޅާނެ ގޮތުގެ އިތުރު މަޢުލޫމާތާއި، "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" ފޯމު އަދި މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
03 ރަޖަބު 1436