ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2015/60
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:51
ސުންގަޑި: 29 މޭ 2015 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޯޑިނޭޓަރ – ކެޕޭސިޓީ ބިލްޑިންގ އެންޑް މެމްބަރޝިޕް ޑިވެލޮޕްމަންޓް

 ޢިއުލާން

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ކޯޑިނޭޓަރ – ކެޕޭސިޓީ ބިލްޑިންގ އެންޑް މެމްބަރޝިޕް ޑިވެލޮޕްމަންޓް

އަދަދު : 01

ފެންވަރު ނުވަތަ ޝަރުތު:

  • ވަޒީފާއާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން. މިގޮތުން ޖެންޑަރ ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ޑިވެލޮޕްމަންޓް ސްޓަޑީސް ނުވަތަ ޑިވެލޮޕްމަންޓް އިކޮނޮމިކްސް ފަދަ ދާއިރާތަކުން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ވަޒީފާއާއި ގުޅުންހުރި ދާއިރާއެއްގައި 4 -3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރ ބޭނުންކުރަން އެނގުމާއި އަދި އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން.

މަތީގައި އިޢުލާންކުރެވިފައިވާ ވަޒީފާގެ އިތުރު ތަފުސީލު، މަސްއޫލިއްޔަތު އަދި ތަފުސީލު ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ސަބާ މޯލްޑިވްސް ޓީ.އެފް.ސީ (ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ) މ.ބޭންފް ވިލާ، ދެވަނަ ފަންގިފިލާ

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00ން މެންދުރުފަހު 4:00އަށް

މުސާރަ: 20,046-21,588  ދިވެހި ރުފިޔާ  (ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު، އެހެނިހެން އިނާޔަތް އަދި ޕެންޝަން ހިމެނޭގޮތުގެ މަތިން)

ވަޒީފާގެ މުއްދަތު: : 1 އަހަރު ދުވަސް

ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 7 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ ފޮނުވާނީ ސަބާ މޯލްޑިވްސްއަށް އެޑްރެސްކޮށް މ.ބޭންފް ވިލާ، ދެވަނަ ފަންގިފިލާއަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 15:00 ދެމެދު 3003018 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ

04 ރަޖަބު 1436

 

23 އޭޕްރިލް 2015