ބީލަން
ނަންބަރު: (IUL)274/INDIV/2024/53
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 20:33
ސުންގަޑި: 02 މޭ 2024 11:00
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ މަސްޖިދުލް އީމާން މަރާމާތުކުރުން

އިޢުލާން

ށ.ފޭދޫ މަސްޖިދުލް އީމާން މަރާމާތުކުރުން.

              ށ.ފޭދޫ މަސްޖިދުލްއީމާން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. ވީމާ ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.މިމަސައްކަތައް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކާއި،އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި،ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު (01/2003) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.

              ވީމާ މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަކުރެއްވުމަށްފަހު 23 އޭޕްރީލް 2024 ވަނަދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށްދެވޭނެއެވެ.އަދި މައުލޫމާތުދިނުމުގެ ބައްދަލުވުން 24 އޭޕްރީލް 2024 ވާ ބުދަދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

               އަދި ބީލަން ބަލައިގަތުން ، ހުޅުވުން އޮންނާނީ 2024 މެއި 02 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގެ މީޓިންގްރޫމުގައެވެ.ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ.ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި،އިޢުލާން ނަމްބަރާއި،ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.ބީލަން ހުށަހަޅާދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހުގެ 11:00ގައެވެ.

މިލަދުންމަޑުލުއުތުރުބުރީ ފޭދޫ

ފޭދޫ ކައުންސިލްގެ އިދާރާ

ފޯނުނަމްބަރ.

ވެބްސައިޓް

އީމެއިލް

6540045

www.feydhoo.gov.mv

[email protected]

                 މި އިޢުލާނާއިއެކު ބިޑްރަޖިސްޓްރީ ކުރާފޯމާއި ބިޑްހުށަހަޅާފޯމް އާންމުކުރެވިފައި ވާނެއެވެ.

17 އޭޕްރިލް 2024