ދިވެހިރާއްޖެ
(IUL)38-AC/38/2024/253 :ނަންބަރު
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލާ ނިންމާ ގަޑި ބަދަލުވުން
މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2024/194 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލުން ނިންމާ ގަޑި ކަމަށް ބަޔާންކޮށްފައިވާ ގަޑިއަށް، 1 ގަޑި އިރާއި 30 މިނެޓް (ދޮޅުގަޑިއިރު) އިތުރު ކުރުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމީ މިދުވަސްވަރުގެ މޫސުމަށް ބަލައި، ހޫނު ގަދަވުމުގެ ސަބަބުން ނުވަތަ ވިއްސާރަވުމުގެ ސަބަބުން ވޯޓުލުމަށް އަންނަ މީހުންގެ ޢަދަދު މަދުވެދާނެކަމަށް ކޮމިޝަނަށް ފެންނާތީއެވެ. މިދެންނެވި ސަބަބުތަކާހުރެ ވޯޓުލާ ގަޑި އިތުރުކޮށްފައިވާތީ، ވޯޓުލާ ވަގުތަށް އިތުރު ބަދަލެއް ނުގެނައުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ޤައުމު |
ވޯޓުލުން ކުރިޔަށްދާނެ ގަޑި (އެޤައުމެއްގެ ގަޑިއަށް ރިޢާޔަތްކޮށް) |
ދިވެހިރާއްޖެ |
ހެނދުނު 8:00 އިން ހަވީރު 5:30 އަށް |
އިންޑިއާ (ޓްރިވެންޑްރަމް) |
ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް |
ސްރީލަންކާ (ކޮލޮމްބޯ) |
ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށް |
މެލޭޝިއާ (ކުއަލަލަމްޕޫރު) |
ހެނދުނު 11:00 އިން ރޭގަނޑު 20:30 އަށް |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.