ބީލަން
ނަންބަރު: (IUL)422-B1/422/2024/24
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 30 އޭޕްރިލް 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީ އަމީނީ މަގު ކޮޅުގައި ހެދިފައިވާ "ހުޓުވަރު ހަޓު" ހުރި ބިން ކުއްޔަށް ދިނުން

ގދ. ފިޔޯރީ އަމީނީ މަގުގެ ކޮޅުގައި ހެދިފައިވާ "ހުޓުވަރު ހަޓު" ހުރި ބިން ކުއްޔަށް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ވީމާ، މި ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިކަން ހުރި ފަރާތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 30 އެޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 14:00  ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެހަށް، ([email protected]) އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯރމް ފުރުއްވުމައްފަހު އީމެއިލް ކޮށްދެއްވުން އެދެމެވެ.  މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ  7 މެއި 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު  8 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ  9 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން:  4002625

އީމެއިލް: [email protected]

17 އޭޕްރިލް 2024