މަސައްކަތް
ނަންބަރު: (IUL)438-MCEP/438/2024/145
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 28 އޭޕްރިލް 2024 14:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އަތޮޅު ފެންވަރުގައި ކުންޔާއި ވަސީލަތް މެނޭޖްކުރާނެގޮތުގެ ޕްލޭން އެކުލަވާލުމުގެ ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް (ނ،ރ،ބ،ޅ،މ،ފ،ދ،އަދި ތ.އަތޮޅު) - އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެދައުވަތު

 

(IUL)438-MCEP/438/2024/145:ނަމްބަރު

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

އަތޮޅު ފެންވަރުގައި ކުންޔާއި ވަސީލަތް މެނޭޖްކުރާނެގޮތުގެ ޕްލޭން އެކުލަވާލުމުގެ ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް (ނ،ރ،ބ،ޅ،މ،ފ،ދ،އަދި ތ.އަތޮޅު) - އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެދައުވަތު

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ނ،ރ،ބ،ޅ،މ،ފ،ދ،އަދި ތ.އަތޮޅުގައި އަތޮޅު ފެންވަރުގައި ކުންޔާއި ވަސީލަތް މެނޭޖްކުރާނެގޮތުގެ ޕްލޭން އެކުލަވާލުމުގެ ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮފަރާތެއް ހޯދުމުށް ބޭނުންވެއެވެ. ވީމާ މި ޙިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތުހުޅުވާލަމެވެ.

މި ކޮންސަލްޓެންސީ ޙިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތަކީ ޒޯން 2، 4 އަދި 5 ގެ ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ކުންޔާއި ވަސީލަތް މެނޭޖް ކުރުމަށް އެކަށީގެންވާ ޕްލޭންތައް އެކުލަވާލުމެވެ. އިތުރު މައުލޫމާތު ޓީ.އޯ.އާރު ގައި ތަފްސީލު ކުރެވިފައިވާނެއެވެ.

މި މަސައްކަތައް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތަފްސީލު ޓީ.އޯ.އާރްގެ "(E). ކޮލިފިކޭޝަން އެންޑް އެކްސްޕީރިއެންސް" ގައި ތަފްސީލު ކުރެވިފައިވާނެއެވެ. އަދި އިވެލުއޭޝަން ކްރައިޓީރިޔާ ޓީ.އޯ.އާރްގެ "(H). ސެލެކްޝަން ކްރައިޓީރިއާ" ގައިވަނަ ނަންބަރުގައި ވާނެއެވެ. 

ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

  • ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
  • ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި މަސައްކަތުގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ. މީގެ އިތުރުން މި މަސައްކަތައް ބޭނުންވާ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭފަދަ ލިޔެކިޔުމުގެ އިތުރުން މިފަދަ އެސައިންމެންޓްތައް ނިންމިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.    
  • މަދުވެގެން 3 ފަރާތަކުން ހޯދާފައިވާ މަސައްކަތް ނިމުނުކަމުގެ ރެފެރެންސް ލިޔުން ހުށަހަޅަންވާނެއެވެ.
  • މީގެ އިތުރުން ނިންމާފައިވާ މިފަދަ ޑިޒައިންތަކުގެ މަސައްކަތާއި، ލިޔެފައިވާ ކޮންޓެންޓް ޑިވެލޮޕްކުރުމުގައި ހިމެނޭ އެޕްލިކަންޓްގެ ރޯލް ބަޔާންކޮށް ހެދިފައިވާ ޕޯޓްފޯލިއޯ އެއް ހުށަހަޅަންވާނެއެވެ.
  • ފައިނޭންޝަލް ޕްރޮޕޯޒަލް (ޓީ.އޯ.އާރްގެ އެންކްސް 1- ފައިނޭންޝަލް ބްރޭކްޑައުން ފޯރމް)

މި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.  

މި މަސައްކަތައް ކަނޑައަޅާފައިވާ އުޖޫރަ

މި މަސައްކަތައް ކަނަޑައެޅިފައިވާ އުޖޫރަ މަތީގައިވާ ތާވަލުގައިވާނެއެވެ. މީގެ އިތުރުން، އެހެން އެއްވެސް ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 އެޕްރީލް 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް"  ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ. އީމެއިލްގެ ސަބްޖެކްޓްގައި ތިރީގައި މި ވާގޮތަށް ލިޔެވިފައި އޮންނަންވާނެއެވ.

[email protected]

Email subject:  “Expression of Interest - Consultancy Service for Waste and Resource Management Planning – Noonu, Raa, Baa, Lhaviyani, Meemu, Faafu, Dhaalu and Thaa Atoll”

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިޔުޝަން ކޮންޓްރޯލް ޑިޕާރޓްމެންޓް،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ގްރީން ބިލްޑިންގް/ މާލެ، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ފޯނު ނަންބަރު: 3018300 

17 އެޕްރީލް 2024

17 އޭޕްރިލް 2024