ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2024/20
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 13:42
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މީދޫ ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ

ދ.މީދޫ ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ

   2024-2025 ވަނަ ދިރާސީ އަހަރަށް ދ.މީދޫ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު މިއަދުން ފެށިގެން 25 އޭޕްރީލް 2024ގެ ނިޔަލަށް ހުޅުވާލައިފީމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 9:00ން 12:00ގެ ނިޔަލަށެވެ. ކުދިން ވެއްދުމަށް އެދޭ ފޯރމް ޕްރީސްކޫލުން ލިބެން ހުންނާނެއެވެ.

2024-2025 ވަނަ ދިރާސީ އަހަރަށް މި ސްކޫލްގެ ބޭބީ ނާސަރީ، އަދި ނާސަރީއަށް ކުދިން ވެއްދުމާއި ، އެއް ގްރޭޑުން އަނެއް ގްރޭޑަށް ކުދިން ބަދަލުކުރެވޭ  އުމުރުފުރާ ތިރީގައި އެވަނީއެވެ.

ކުލާސް

އުމުރުފުރާ

ބޭބީ ނާސަރީ

2023 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި  3 އަހަރު ނުފުރޭ ކުދިން

ނާސަރީ

2023 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި  4 އަހަރު ނުފުރޭ ކުދިން

ސްކޫލް ފީ

މި ސްކޫލްގެ ފީއަކީ ކޮންމެ މީލާދީ މަހަކަށް -/350 (ތިންސަތޭކަ ފަންސާސް ރުފިޔާ) އެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ޕްރީސްކޫލް ޓީޗަރ ޝާރިދާ އާދަމް( 9964279) އަށް ގުޅުއްވުން އެދެމެވެ.

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

15 އޭޕްރީލް 2024

 

15 އޭޕްރިލް 2024