ޢާންމު މަޢުލޫމާތު
                	
                ނަންބަރު: 399-D/2015/ 37
                    ޕަބްލިޝްކުރި ތާރީޚް: 22 އެޕްރީލް 2015
                    ޕަބްލިޝްކުރި ގަޑި:  17:33
                                            ސުންގަޑި: 
                            24 މޭ 2015 14:00
                        
                    
                ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާބެހޭ
                                ރުއްގަހުގެ ވެރިން ހޯދުމާބެހޭ
މިރަށު މަތިމަރަދޫ ނޫވިލު ގޯތީގެ ދެކުނުން އިރު-ހުޅަނގަށް އަލަށް ހެދުމަށް ހަމަޖެހިފައިވާ މަގަށް އަރާގޮތަށް ހުރި ރުއްގަހުގެ ތެރެއިން A01 އިން A59 އަށް މި ކައުންސިލުން ނަމްބަރު ޖަހާފައިވާ ރުއްގަހުގެ ވެރިން ހޯދުމަށް ވަނީ ބޭނުން ވެފައެވެ.
ވީމާ، އެރުއްގަހުގެ ވެރިން މިކަންސިލުން ތައްޔާރު ކޮށްފައިވާ "ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު" ނެންގެވުމަށްފަހު، ފޯމު ފުރިހަމަ ކުރައްވައި 24 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެވެ. އަދި މި މުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
03 ރަޖަބު 1436
                22 އެޕްރީލް 2015