ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2024/086
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 18 އޭޕްރިލް 2024 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - ޖެޓީ – އެފް.ޕީ.އެލް.ޑީ / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޖެޓީ – އެފް.ޕީ.އެލް.ޑީ / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޖުމްލަ މުސާރަ:

ލިބިފައިވާ ތައުލީމް އަދި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު މަޤާމާއިގުޅޭ ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ސްޓޯރުން ތަކެތި ނެގުމަށް ހަދަންޖެހޭ ސްލިޕް ހެދުމާއި އެތަކެތި ސްޓޯރުން ލިބޭނެގޮތް ހެދުން.
  • މަސައްކަތްތަކަށް ބޭނުންވާ ސާމާނު، މަސައްކަތް ކުރާ ސައިޓްތަކަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން
  • މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ސެކްޝަނަށް ބޭނުންވާ އެހެނިހެން ތަކެތި ގަތުމަށް ހަދަންޖެހޭ ޕީ.އާރު.ކިއު ހެދުން
  • ޕީ.އާރު.ކިއު ސްޓޭޓަސް ރިޕޯރޓް އަޕުޑޭޓް ކޮށް ބެލެހެއްޓުން.
  • ސެކްޝަނަށް އަންނަ ޖޮބް އޯރޑަރ ތައް ޙަވާލުވެ އެންޓާ ކުރުން
  • ޕުރައިވެޓް އަދި އިންޓާނަލް ޖޮބް އޯރޑަރ ފޯރމް ހެދުން
  • ސްޓޮކް ބެލެހެއްޓުން.
  • އަހަރަކު އެއްފަހަރު ހަދަންޖެހޭ ބޮކުސް ފައިލުތަކާއި ފޮތްތައް ހެދުން.
  • ފަސްޓްއެއިޑް ކިޓް އަބަދުވެސް އަޕްޑޭޓް ކޮށް ބެލެހެއްޓުން
  • އޮފީސްތެރެ ސާފްތާހިރުކޮށް ބެހެއްޓުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން
  • މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތައް ދޫކުރަން އޮންނަ އުސޫލުން ދޫކުރުން
  • މަސައްކަތް ކުރާ ސައިޓްތަކަށް ދާން ޖެހިއްޖެ ހާލަތެއްގައި، ސައިޓްތަކަށް ގޮސް މަސައްކަތްތައް ސުޕަވައިޒް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ  (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ އީމެއިލް ކުރައްވާނީ   [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 އޭޕްރީލު 2024  ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/9150006 ފޯނަށް ގުޅުއްވުން އެދެމެވެ.

16 އޭޕްރިލް 2024