މަސައްކަތް
ނަންބަރު: 116-FB2/IL/2024/83
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2024
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 24 އޭޕްރިލް 2024 14:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"ސަރވަރ އެކްސްޗޭންޖް އިންފްރާސްޓްރަކްޗާރ އަޕްގުރޭޑް" ކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

"ސަރވަރ އެކްސްޗޭންޖް އިންފްރާސްޓްރަކްޗާރ އަޕްގުރޭޑް" ކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގެ "ސަރވަރ އެކްސްޗޭންޖް އިންފްރާސްޓްރަކްޗާރ"އަށް ބޭނުންވާ "އަޕްގުރޭޑް" މަސައްކަތްތަކެއް މި ކުންފުނިންދޭ އިރުޝާދުތަކާ އެއްގޮތަށް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އެޕްރީލު 24 ވާ ބުދަދުވަހުގެ މެންދުރު 14:00 ގެ ކުރިން، އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮއްދެއްވަން ވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'މައިކުރޯސޮފްޓް ގޯލްޑް ޕާރޓްނަރ'އެއް ކަމުގައި ވާންވާނެއެވެ.

     މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ތެރެއިން ކޮލިފައިވި ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

16 އޭޕްރިލް 2024