ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)30-C/1/2015/47
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 16:21
ސުންގަޑި: 29 އޭޕްރިލް 2015 12:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފަޔަވޯލް ސޮފްޓްވެއަރއެއް ގަނެދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު

މިނިސްޓްރީއަށް "ފަޔަވޯލް ސޮފްޓްވެއަރ" އެއް ގަނެދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނު ނަންބަރު IUL)30-C/1/2015/44) އާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމުގެ ފަރާތްތަކުގެ އަދަދު ހަމަނުވާތީ، މިއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

07 މޭ 2015 އާދީއްތަ ދުވަހުގެ 13:30 އަށް

29 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 12:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/ 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

26 އޭޕްރިލް 2015